ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ރިޔާސީ ކޮމިޝަނުން މައްސަލަ ފޮނުވައިފިއެވެ.

ރިޔާސީ ކޮމިޝަނުން މިއަދު ވިދާޅުވީ، ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ.އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް މައްސަފޮނުވާފައިވާ ކަމަށެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނުގެ އިންތިޚާބީ ބައިވެރިޔާ ޑރ.ޝަހީމުގެ މައްޗަށް ރިޕޯޓުގައި ތުހުމަތުކޮށްފައިވަނީ ކޮމިޝަނުގެ ތަޙުޤީޤަށް މަޢުލޫމާތުދެއްވަމުން ޑރ.އަފުރާޝީމް އަމިއްލަފުޅަށް ޓީވީ ޕްރޮގުރާމަށް އަރާވަޑައިގަތުމަށް އެދިވަޑައިގެންނެވި ކަމުގައި ވިދާޅުވެފައިވާވުމަކީ އިތުރުފުޅެއް ކަމުގައެވެ. އަދި އެކަން ކޮމިޝަނުން ނިންމާފައިވަނީ ޑރ.އަފްރާޝީމް ޝަހީމަށް ފޮނުއްވި އެސްއެމްއެސްއެއްގައި އުސްތާޛު ވިދާޅުވި ޕްރޮގުރާމުގެ ކަންތައް އޮތީ ކިހިނެއްތޯ ސުވާލުކުރައްވާފައި އޮތީމައެވެ.

ޑރ.ޝަހީމުވަނީ ކޮމިޝަނުގެ ރިޕޯޓުގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމުގައި ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.