ކައުންސިލްތަކުގެ ބެލުމުގެ ދަށުން ބޮޑެތި ބިންތަކާއި ދިގު މުއްދަތަށް ދޫކުރާ ބިން ދޫކުރުުމުގެ ކުރިން ޕްލޭނިންގ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޤަވާއިދަށް އިސްލާޙު ގެނެސްފިއެވެ.
ބިންދޫކުރުމުގެ ޤަވާއިދުގެ ދަށުން މީގެ ކުރިން ބިންތައް ދޫކުރަމުން އައީ ހައުސިންގ މިނިސްޓްރީންނެވެ.
ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަަކަށް، ބިންދޫކުރުމުގެ ޤަވާއިދަށް އިއްޔެ އިސްލާޙުގައި ބުނެފައި ވަނީ، 10 އަހަރުގެ މުއްދަަތަށް ވުރެ ދިގު މުއްދަތަކަށް ދޫކުރާ ބިންތަކާއި އަދި 10،000 އަކަފޫޓަށް ވުރެ ބޮޑެތި ބިންތައް، އަމިއްލަ ފަރާތަކަށް ނުވަތަ ސަރުކާރުގެ އިދާރާއެއްގެ ބޭނުމަށްވެސް ދޫކުރަން ވަނީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ މަޝްވަރާ އާއި ހުއްދަ ލިބިގެން ކަމަށެވެ.
މި ގަވައިދު އެކުލަވާލައިފައިވަނީ 2018 ވަނަ އަހަރުއެވެ. އޭރު ކައުންސިލްތަކުގެ ބިންތައްވެސް ކުއްޔަށް ދޫކުރާނީ ހައުސިންގ މިނިސްޓްރީންނެވެ.
މިހާރު ގެނެސްފައިވާ ހަމައެކަނި ބަދަލަކީ ކުރިން މިނިސްޓްރީން ދޫކުރާ ބިންތައް މިހާރު މިނިސްޓްރީގެ ހުއްދަ ލިބިގެން ދޫކުރާ ގޮތައް ހަމަޖެއްސުމެވެ.