އަމީރު އަހުމަދު މަގު، މަޖީދިއްޔާ ސްކޫލް ކައިރިން މީހަކަށް ހަމަލާދީ 2800 ޑޮލަރު ފޭރިގަނެފިއެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއް މިއަދު 13:55 ހާއިރު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މަޖީދިއްޔާ ސްކޫލް ކައިރިން މީހަކަށް ހަމަލާދީ، އޭނާ އަތުން ފޭރިފައިވަނީ އޭނާ ވައްޓާލުމަށްފަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި 2800 ޑޮލަރުގެ އިތުރުން އެމީހާގެ ފޯނުވެސް ވަނީ ފޭރިގަނެފައެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.