Rehabilitate Ahmed Prison Maafushi
ް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް

ހަރުކަށި ފިކުރު ފަތުރާ ޤައިދީން ދަނީ ނަޖައިޒް ފައިދާ ނަަގަމުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

ހަރުކަށި ފިކުރުމުގެ ގައިދީން ރިހެބިލިޓޭޓް ކުރުމަށް މާފުށީ ޖަލުގައި ޤާއިމް ކުރެވުނު ޚާއްސަ ޔުނިޓް ހުޅުވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ ޖަލުގައި އެކި ބާވަތުގެ ކުށްކުރާ ޤައިދީން އެއްތަނަކު ގެންގުޅެން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް އޭގެ ނަޖައިޒް ފައިދާ ނަގަމުން ދާ ކަމީ، އެކަމުގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމެއްކަމަށެވެ.

މިފަދަ ޔުނިޓެއް ޤާއިމު ވެގެން ދިއުމަކީ އެފަދަ ހަރަކާތްތަކާއި ވިސްނުން ފަތުރަމުންދާ މީހުން ވަކިން ބެހެއްޓުމަށާއި ރިހެބިލިޓޭޓްކުރުމަށް ލުއި ފަސޭހަ ވެގެންދާނެ ކަމެއްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މީގެ އިތުރުން މި ޔުނިޓް ހުޅުވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒާގެ ފަރާތުން ލިބިނު އެއްބާރުލެއްވުމަށާއި ރިސްކް އެސެސްމަންޓް ހެދުމާއި އެ ޔުނިޓްގެ ކްލެސިފިކޭޝަން ޓޫލް ހެދުމަށް ޔޫއެންއޯޑީސީގެ ފަރާތުން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް އޭނާ ޝުކުރުދެންނެވިއެވެ.

ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) އަކީ 100 ޤައިދީންގެ ޖާގައިގެ ޔުނިޓެކެވެ. މި ޔުނިޓަކީ ހަރުކަށި ފިކުރުގެ ޤައިދީން ރިހެބިލިޓޭޓް ކުރުމަށް ޚާއްސަކުރެވިފައިވާ ޔުނިޓެކެވެ. މި ޔުނިޓްގައި ޤައިދީން ރިހެބިލިޓޭޓްކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖްތަމައުއަށް ގެނައުމަށްޓަކައި ޚާއްސަ ޕްރޮގްރާމްތަކެއް ހިންގޭނެއެވެ. މިގޮތުން ބޭނުންވާ ހުނަރާއި ތަމްރީންގެ ބައެއް ޕްރޮގްރާމްތައް މިހާރުވެސް ވަނީ ޔޫއެންއޯޑީސީ އަދި އީޔޫގެ އެހީތެރިކަމާއެކު އޮފިސަރުންނަށް ކުރިއަށް ގެންގޮސްފައެވެ

 

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.