ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ގދ. ތިނަދޫ ސަނީޑޭލް، އަހުމަދު ގައިސްއާއެކު އިތުރު ދެ ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގައިސްގެ އިތުރުން، ބްރޯޑްކޮމްގެ މެންބަރުން ކަމަށް އައްޔަން ކުރަން މަޖިލީހުން ނިންމި ދެ ބޭފުޅުންނަކީ ރާއްޖެ ޓީވީ އާއި "ހަވީރު" ނޫހުގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފް އާއި މަރިޔަމް ވަހީދާއެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރަން އެމްޑީޕީ އެކްޓިސްޓު ގައިސް އައްޔަން ކުރަން ފާސްވެފައި ވަނީ 64 މެންބަރުގެ ވޯޓުންނެވެ. މަޝްހޫރު ޕްރެޒެންޓަރ މަރިޔަމް ވަހީދާ އައްޔަން ކުރަން ފާސްވެފައި ވަނީ 65 މެންބަރުންގެ ވޯޓުންނެވެ.

ރާއްޖެ ޓީވީ އާއި "ހަވީރު" ނޫހުގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފް ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ 66 މެންބަރުންގެ ވޯޓުންނެވެ.

ބްރޯޑްކޮމް އަށް އައްޔަން ކުރަން ރައީސް ޞާލިހް މަޖިލީހަށް ފޮނުވި ލިސްޓްގެ އެންމެ ކުރީގައި  ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް އޮތް ނަމަވެސް އޭނާ އެމަގާމަށް އައްޔަނުކުރަން ފާސްކޮށްފައެއް ނުވެއެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ތިން ފަހަރެއްގެ މަތިން ހުޅުވާލުމާ ގުޅިގެން އެ މަގާމަށް ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލި އެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.