ކޮވިޑް 19 ޖެހިގެން ރާއްޖެއިން 53 ވަނަ މީހާ މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މަރުވެފައިވަނީ 70 އަހަރުގެ ދިވެހި ފިރިހެނަކެވެ. އޭނާ މަރުވިއިރު ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މަރުވީ މިއަދު މެންދުރުފަހު 03:42 ހާއިރުއެވެ.
ކޮވިޑް-19 މިހާރު ރާއްޖޭގައި އަނެއްކާވެސް ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމަށް އެޗް.ޕީ.އޭ އިން ވަނީ އަންގާފައެވެ. އަދި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށްވެސް އެޗް.ޕީ.އޭ އިން ވަނީ ނިންމާފައެވެ.