ރައްޔިތުންގެ މަޖިލީހުގެ މިހާރު ކުރިއަށްދާ ޖަލްސާގެ ތެރެއިން އަޑުގަދަކޮށް، އިހުތިޖާޖު ކުރަމުންދާތީ އިދިކޮޅު މެންބަރުންތަކެއް މަޖިލީހުން ތަޅުމުން ބޭރުކޮށް މަޖިލީހުގައި ތަޅުލައިފިއެވެ.

މަޖިލީހުގައި އިދިކޮޅު މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރައްވަމުން ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ޖަލަށް ލައިފައިވާތީ، އެމަނިކުފާނު ދޫކޮށްލުމަށް އެދިވަޑައިގެންނެވެ. 

މިއަދު މަޖިލީހުގައި އަޑުގަދަ ކޮށް އިހުތިޖާޖު ކުރެއްވި މެންބަރުންގެ ތެރޭގައި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެންބަރު އިބްރާހިމް ތޯރިގު އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން، .ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ހިމެނެއެވެ.

މީގެ ތެރެއިން ނަން އިއްވާފައި ވަނީ، ޝިޔާމް އާއި ސައިދުގެ އިތުރުން ހުސައިންގެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.