Maru Commission Fareesha
މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ -- ފޮޓޯ: ރައީސް އޮފީސް

"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން"ގެ ރައީސްކަމަށް ފަރީޝާ އަބްދުﷲ އައްޔަންކުރައްވައިފިއެވެ.

މަރު ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ގދ. ފަރެސްމާތޮޑާ، ބަޗީޖާގޭ، އަލްއުސްތާޛާ ފަރީޝާ އައްޔަންކޮށްފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސޮއި ކުރައްވައި ނެރުއްވި "ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު2021/1" އިންނެވެ. އެއީ މަރު ކޮމިޝަން އެކުލަވާލައްވައި، އެ ޤަރާރަށް އެ މަނިކުފާނު އިސްލާހު ގެނުއްވައި، ނެރުއްވި ޤަރާރެކެވެ.

އައު ޤަރާރުގައިވާގޮތުން ފަރީޝާގެ އިތުރުން މަރު ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ ދެ ބޭފުޅުންނެވެ. އެއީ މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދު އަދި ގދ ރަތަފަންދޫ، ބަހާރީވިލާ، މިޞްބާޙް ޢައްބާސްއެވެ. ފަރީޝާ

އެންމެފަހުން އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވީ ހުސްނުއްސުއޫދު އެވެ. ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާއި ގުޅިގެން އެ މަގާމު އޮތީ ހުސްވެފަ އެވެ.

މަރު ކޮމިޝަން ރައީސްގެ ހާއްސަ ގަރާރަކުން އެކުލަވާލެއްވީ 17 ނޮވެމްބަރު 2018 ވަނަ ދުވަހުއެވެ. މިއީ، 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށްޓަކައި އެކުލަވާލެއްވި ކޮމިޝަނެކެވެ.

މި ކޮމިޝަނުން ބަލަންޖެހޭ ކަމަށް ފެންނަ މައްސަލަތައް އާންމުންނަށްވެސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މިއީ ތަހުގީގުކުރެވޭ މައްސަލަތަކާއި ގުޅިގެން ތަހުގީގު އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމައި، ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިގެންވާ އެންމެހާ ބާރުތަކެއް ލިބިގެން އެކުލަވާލެވިފައިވާ ކޮމިޝަނެކެވެ.

އަނިޔާވެރިކޮށް މަރާލެވުނު ފަރާތްތަކާއި ގެއްލުވާލާފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ރައީސް ވެވަޑައިގެންނެވި ވައުދުގެ ތެރެއިން އެކުލަވާލެވުނު ކޮމިޝަނެކެވެ. މި ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ބެލުމަށް ބޭރުގެ އިންވެސްޓިގޭޓަރަކުވެސް މިހާރުވަނީ ރާއްޖެ ގެނެސްފައެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.