ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް)ގެ މެންބަރުކަމަށް މަރިޔަމް ވަހީދާ އާއި އަލީ ޔޫސުފް (އައްޔަ) އަދި އަހުމަދު ގައިސްއަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފި އެވެ.

ބްރޮޑްކޮމްގެ ހަތަރު ގޮނޑިއެއް ހުސްވެފައިވާ އިރު، މިއަދު ވޯޓްގެ ގަޑީގައި އޭގެ ތެރެއިން ތިން ގޮނޑިއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތަކަށް ރުހުން ދޭން ވޯޓް ނެގުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މިއަދު އެންމެ ފުރަތަމަ ވޯޓަށް އަހާނީ، ބްރޯޑްކޮމްއިން އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހު އިސްތިއުފާ ދެއްވާފައި ވާތީ އެ ދެ ގޮނޑިއަށް ހަމަޖައްސަން ރައީސް ފޮނުއްވި ނަންފުޅުތަކުން ދެ ނަމަކަށް ރުހުން ދިނުމެވެ. އެގޮތުން، ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން، އެންމެ މަތީގައި އޮތީ ސަންގު ޓީވީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަމެވެ. ރައީސްވެސް އެންމެ އިސްކަން ދެއްވާފައި އޮތީ ޝިފްލާ އަށެވެ. އަދި ދެވަނައަށް އޮތީ، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ގައިސްގެ ނަމެވެ. އަދި ތިން ވަނައަށް އޮތީ، ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފްގެ ނަމެވެ. މީގެ ތެރެއިން ގައިސްއަކީ މީގެ ކުރިން އެއްވެސް މީޑިޔާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތެއް ނޫނެވެ.

ދެވަނައަށް ވޯޓަށް އަހާނީ، ބްރޮޑްކޮމްގެ ރައީސްއަކަށް ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވާފައި ވާތީ، ބްރޯޑްކޮމްއަށް ހަމަޖައްސަން ރައީސް މަޖިލީހަށް ފޮނުއްވި ހަތަރު ނަމުގެ ތެރެއިން ކޮމިޓީއިން ފާސްކޮށް ތަޅުމަށް ފޮނުވައިފަވާ ތިން ނަމުގެ ތެރެއިން ނަމަކަށް ރުހުން ދިނުމެވެ. ކޮމިޓީއިން ފޮނުވި ރިޕޯޓްގައި އެންމެ ކުރީގައި އޮތީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ)ގެ ނަމެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.