ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވާފައިވާ ޙުސެއިން ޝަމީމު އެމަގާމަށް އައްޔަނުކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ޖުޑީޝިއަރީ ކޮމިޓިން ރޭ ވަނީ ޝަމީމްއާއި އިންޓަރވިއުކޮށް އޭނާއަށް ރުހުން ދޭން ފެންނަކަމަށް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ އިއްތިފާޤުން ކަމަށް ވިދާޅުވެފައެވެ.
ޝަމީމް ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލެއްވީ މިނިވަންކަމާ އިންސާފްވެރި ރަނގަޅު ޝަރުއީ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާތީ ކަމަށާއި، ޖުމްލަކޮށް، ރާއްޖޭގެ ޝަރުއީ ނިޒާމު ރަނގަޅު ކުރުމަށް ކަމަށެވެ.
ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުގެ ކޮމެޓީން ފާސްކުރިއިރު އޭނާ ޑެޕިއުޓީ ޕީޖީއަކަށް ހުރިއިރު، މަޤާމުގެ ނުފޫޒުން، މައްސަލައެއްގެ ދައުވާ ނުކުރަން ޝަމީމް ނިންމެވި ކަމަށް ބުނާ މައްސަލައެއް ވަނީ އެންޓީ ކަރަޕްޝަން ކޮމިޝަން، އޭސީސީއަށް ހުށަހަޅައިފައެވެ.