ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވާ ޕްރޮގްރާމެއް ބާއްވަން ނިންމައި، ސުވާލު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ "އާސްކް ސްޕީކާ"ގެ ނަމުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ޓީވީތަކުން ގެނެސްދޭ އެ ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވާނެ ކަމަށެވެ. އެ ޕްރޮގްރާމް ހުރިހާ ޗެނަލްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ދުރަށް ދައްކާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި ނަޝީދާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުކުރު ދުވަހުގެ ރޭ 11 އާ ހަމައަށް އޮންނާނެ އެވެ. މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަމްބަރަށް މެސެޖް ކޮށްގެންނާއި ވީޑިއޯ ކުރުމަށް ފަހު ފޮނުވައިގެން ވެސް ސުވާލު ކުރެވޭއިރު، ފޯނު މެދުވެރިކޮށް ސުވާލު ކުރަން ބޭނުންވާ މީހުންނަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ކުރަން ބޭނުންވާ ނަމަ، އެ ފުރުސަތު ވެސް އޮންނާނެ ކަމަށް މަޖިލީހުން ބުންޏެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭފުޅުން ސުވާލު ޕޯސްޓު ކުރައްވާއިރު AskSpeaker# ބޭނުންކުރެއްވުމަށް އރފަރާތުން އެދެއެވެ.

މަޖިލީހުން ބުނިގޮތުގައި އެ ޕްރޮގްރާމަކީ މަޖިލީހުގެ އިދާރާގެ އިސް ނެގުމަކަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ އެފަދަ ފުރަތަމަ ޕްރޮގްރާމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.