ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ފާއިތުވި ހަފްތާތަކުގައި ރާއްޖެއިން ރިޕޯޓުކުރެވޭ ކޮވިޑް-19 ކޭސްތައް އިތުރުވަމުންދާތީ އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްދޭ ވަގުތުތަކަށް ވެސް ބަދަލު ގެނެސްފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރުއެވެ. އޭނާ ވިދާޅުވީ މާލޭގައި ކާފިއު ހިންގާ ގަޑިތައް އިތުރުކުރުމާއިއެކު މާލެ ސަރަހައްދުގައި ދުއްވާ ބަސް އަދި ފެރީގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މި ރެއިން ފެށިގެން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ރޭގަނޑު 8.30 އިން ފެށިގެން ފަތިހު 4.30 އަށް މަނާކޮށްފައިވާއިރު، ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ވަނީ ކާފިއު ވެސް އިއުލާން ކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ މާލެ ސަރަހައްދުން ލިބޭ ބަސް އަދި ފެރީގެ ހިދުމަތް ރޭގަނޑު 10:30 ގައި ހުއްޓާލާނެކަމަށެވެ.

ފިޔަވަޅުތަކާއި ގުޅިގެން އިތުރަށް މައުލުމާތު ދެއްވަމުން ސަމީރު ވިދާޅުވީ ކާފިއު ގަޑިތަކުގައި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކަށް ހިދުމަތްދިނުމުގެ ގޮތުން ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ހުއްދަ ދޫކުރެވިފައިވާ ކަމަށެވެ. އަދި ފެނާއި ގޭސް ޑެލިވަރީކޮށްދޭ ފަރާތްތަކަށް ރޭގަނޑު 11:00 އާ ހަމައަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ހުއްދަ ދޫކުރެވޭނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.