Maldive Gas MD Ali Ikram
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަލީ އިކްރާމް -- ފޮޓޯ: މޯލްޑިވް ގޭސް

މޯލްޑިވް ގޭސްގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް މަގާމުން މިއަދު ސަސްޕެންޑް ކޮށްފިއެވެ.

މޯލްޑިވް ގޭހުން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ، ކުންފުނި ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރުމަށް އަންގާރަ ދުވަހު ބޭއްވި ކުންފުނީގެ ބޯޑުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އަދި ބޯޑުން ވަކި ގޮތެއް އަންގަންދެން ކުންފުނި ހިންގުން ޗީފް ފައިނޭންޝަލް އޮފިސަރު ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަޙުމަދު ސާލިމް އާ ހަވާލުކޮށްފައިވާ ކަމަށެވެ.

އިކްރާމް ސަސްޕެންޑް ކުރީ ކުންފުނީގެ ބޯޑުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ސަރކިއުލަރގައި ބުނެފައިވި ނަމަވެސް، ބަލަމުންދާ މައްސަލައިގެ ތަފްސީލް ހާމަކޮށްފައެއްނުވެއެވެ.

އެނގިފައިވާ ގޮތުގައި އެކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އިކްރާމް އާދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއް ކުންފުނީގެ ބޯޑުން ދަނީ ބަލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.