ކުރީގެ ރައީސް އަދި މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ލީޑަރު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރުގެ އަތުން، ދަރަންޏަށް ނަންގަވާފައިވާ ކަމަށް ވިދާޅުވާ 29 މިލިޔަން ރުފިޔާ ނުދީފިނަމަ ރައީސް މައުމޫނުގެ ގެކޮޅު ކަމަށްވާ މއ. ކިނބިގަސްދޮށުގެ ހޯދަން ޖާބިރު ދައުވާ ކޮށްފިއެވެ.

ޖާބިރު ރައީސް މައުމޫނުގެ މައްޗަށް ސިވިލް ކޯޓަށް މިއަދު ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އަނބުރާ ދައްކާ ގޮތަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި، އެފައިސާ ރައީސް މައުމޫނަށް ނުދެއްކިއްޖެ ނަމަ މުގާބިލްގައި މއ. ކިނބިގަސްދޮށުގެ ދިނުމަށް އެއްބަސްވެފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.

ޖާބިރު ދައުވާގައި އިތުރަށް ބުނެފައިވަނީ ރައީސް މައުމޫން ނެންގެވި 29 މިލިޔަން ރުފިޔާ ދައްކާފައި ނުވުމުގެ ސަބަބުން، ވިޔަފާރީގެ ގޮތުން ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ.

މި ފައިސާ ރައީސް މައުމޫނު ނެންގެވިކަމަށް ދެ ބޭފުޅުންގެ މެދުގައި ލިޔެވިފައިވާ އެއްބަސްވުމެއް ނެތުމުން، އެ މުއާމަލާތް ހިންގިއިރު ހާޒިރުގައި އެތައް ބަޔަކު ތިބިކަން ފާހަގަކޮށް، ހެކިންގެ ގޮތުގައި އެ ފަރާތްތައް ހުށަހަލަން ދައުވާގައި ފާހަގަ ކޮށްފައިވެއެވެ.

މިމައްސަލައިގެ ހެކިންގެ ގޮތުގައި ޖާބިރު ހުށަހަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ބަންޑާރަނައިބް އަދި ޖާބިރުގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދާއި ގ. ރަންހިރި އައިމިނަތު ޝަބީބާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.