މީގެ ކުރީ މައްަސަލައެއްގައި ފުލުހުން ހޯދި ފައިސާތަކެއް

ގެސްޓު ހައުސްއަކަށް އަންހެނަކާއި ބައްދަލުކުރަން ދިޔަ މީހަކު ބަރަހަނާކޮށް ފޭރިގަނެފިއެވެ.

މި މައްސަލައާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ޖަވާހިރު ގޯޅީގައި ހުރި ގެސްޓް ހައުސްއަކަށް އަންހެނަކާ ބައްދަލުކުރުމަށް ދިޔަ މީހެއްގެ ފޯނާއި ވޮލެޓްގައިހުރި ފައިސާތައް، އެ އަންހެން މީހާއާއި އިތުރު ދެ މީހަކުވެގެން ފޭރިގަނެފައިވާ ކަމަށެވެ. އަދި އެމީހާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނެގުމަށްފަހު، އެތަކެތި ބޭނުންކޮށްގެން އިތުރަށް ފައިސާ ހޯދުމަށް ބްލެކްމެއިލްކޮށް އޭނާގެ އެކައުންޓުން ފައިސާ ޓްރާންސްފަރ ވެސް ކުރުވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 27 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެއްގެ އިތުރުން 33 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ތިތަނުން ކުއްވެރިވަނީ ފޭރުނު މީހުން ތޯ؟ ނޫނީ ހިލޭ އަންހެނަކާ ބައްދަލު ކުރަން ދިޔަ މީހާތޯ؟ ހަމަ ގާއިމުވެސް ގެސްޓުހައުސްއަކުން ގުރުއާން ކުލާހެއް ނޫނީ ޓިއުޝަން ކުލާހެއް ނަގައެއް ނުދޭނެ. ވިސްނަން ޖެހޭ ކަންތައް. ތިމައްސަލާއިގަ ފޭރުނު މީހާޔާ އެއްފަދައިން އެތަނަށް ދިޔަ މީހާ ވެސް ކުއްވެރިވާން ޖެހޭނެ.

    7
    10

ކޮމެންޓް

Your email address will not be published.