Thilafushi faisaa
ތިލަފުށިސައިޓަކުން ނެގި ފައިސާ ފުލުހުން ވަނީ ހޯދާފައި ފޮޓޯ: ޕޮލިސް މީޑިއާ

ތިލަފުށި ސައިޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ދިރިއުޅޭތަނަކުން ބިދޭސީ މުވައްޒަފެއްގެ ވަގަށް ނަގާފައިވާ 59500 ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ފުލުހުންނަށް އެ މައްސަލަ ހުށައަޅާފައިވަނީ މިދިިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ފުލުހުންކުރި ތަހުގީގުގެ ތެރެއިން، އެކަމާ ގުޅިގެން ތުހުމަތު ކުރެވޭ މީހުންނާއި އެމީހުން ދާނެ ކަމަށް ބެލެވޭ ތަންތަން ދެނެގަތުމަށް ސީސީޓީވީ ފުޓޭޖުތައް ބަލާފައިވާ ކަމަށެވެ.

އަދި ބެލިބެލުމުގެ ތެރެއިން ބައެއް ފައިސާ ފެނިފައިވަނީ ތިލަފުށި ސައިޓެއްގައިހުރި ޖަމްބޯ ބޭގެއްގެ ތެރެއިން ކަމަށާއި އަދި ބާކީ ފައިސާ ހޯދާފައިވަނީ ބަނގްލަދޭޝް ގައި ހުރި މީހެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައި ވަނިކޮށް ކަމަށެވެ. އެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިހުރި ފައިސާއާއެކު ޖުމްލަ 59500 ރުފިޔާ، އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.