ކޮވިޑް-19 އަށްފަހު ޗުއްޓީ ހޭދަކުރުމަށް އެންމެ ކަމުދާ ޤައުމަކީ ކޮބައިތޯ ބެލުމަށް ޓްރެވެލްޒޫގައި އެންމެ ގިނަ މީހުން ސަރޗްކުރި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.
ފަތުރުވެރިކަމުގެ މަންޒިލްތަކާއި ގުޅޭ މައުލޫމާތު ލިބޭ ވެބްސައިޓެއް ކަމަށްވާ 'ޓްރެވެލްޒޫ'ގައި މިދިޔަ އަހަރު އެންމެ ގިނަ މީހުން ސަރޗްކުރި މަންޒިލްތަކުގެ ލިސްޓުގައި ރާއްޖެ ހިމެނެނީ ތިން ވަނައިގައެވެ.
ރާއްޖޭގެ ގިނަ ފައިވް ސްޓަރ ރިސޯޓުތަކުން ވަނީ އެ ރިސޯޓުތައް އިސްތިހާރު ކުރުމަށް ޓްރެވެލްޒޫއާއިއެކު މަސައްކަތް ފަށާފައެވެ. މި މަސައްކަތް ފެށުމުގެ ކުރިން ރާއްޖެ އޮތީ ސަރޗް ލިސްޓުގެ 40 ވަނައިގައެވެ. ކޮވިޑް-19 ޕެންޑެމިކްގެ ކުރިން ލިސްޓުގެ 40 ވަނައިގައި އޮތުމަށްފަހު، ތިން ވަނަ އަށް މައްޗަށް ޖެހިލުމަކީ 275 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓްރެވެލްޒޫ އާއި ހަވާލާދީ ވިޒިޓް މޯލްޑިވްސް ސައިޓުގައި ވަނީ ރާއްޖެ ޕްރޮމޯޓް ކުރުމަށް ފެށި މަސައްކަތުގެ ސަބަބުން މިއަހަރު އެކަނިވެސް ޓްރެވެލްޒޫގެ ކަސްޓަމަރުން ރާއްޖެއިން 73000 ށް ވުރެ ގިނަ ރޫމް ބުކްކޮށްފައިވާ ކަމަށެވެ.