އުރީދޫ މޯލްޑިވްސް ޕލކގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް އިސްލާހުތަކެއް ހުށަހެޅުމުގެ ގޮތުން އެ ކުންފުނީގެ ހިއްސާދާރުންނާއެކު ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާއެއް (އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިންގް)އެއް ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫއިން ބުނީ އެކުންފުނީގެ ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާ އޮންނާނީ ޑިސެމްބަރު 16 ވާ ހޯމަ ދުވަހުގެ ރޭ 8:30 ގައި، މާލޭގައި ހުންނަ ހޮޓެލް ޖެންގައެވެ.

އެ ޖަލްސާގައި ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް އިސްލާހުތަކެއް ހުށަހެޅުމާއި، އެ އިސްލާހުތަކަށް މަޝްވަރާކުރުމަށްފަހު ވޯޓަށް އަހައި، ފާސްކުރުން އޮންނާނެއެވެ.

އެ ޖަލްސާގައި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ޑޭމިއަން ފިލިޕްއާއި މެނޭޖިންގް ޑިރެކްޓަރު ނަޖީބު ޚާން ވާހަކަދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އުރީދޫގެ ހިންގާ ގަވައިދާއި އަސާސީ ގަވައިދަށް އެ ކުންފުނީގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ.

އުރީދޫއިން ބުނީ 11 ޑިސެމްބަރު ވާ ބުދަ ދުވަހުގެ ރޭގަނޑު 8:00 ގެ ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނެ ކަމަށާއި،  ޖަލްސާގައި ބައިވެރިވާން ޝަރުތު ހަމަވާ ހިއްސާދާރުން ޖަލްސާގައި ބައިވެރިވުމަށް "ޕްރީ ރެޖިސްޓްރޭޝަން ފޯމު" އަދި "ޕްރޮކްސީ ފޯމު" ފުރުމަށްފަހު 12 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގެ ކުރިން އުރީދޫގެ ހެޑް އޮފީހަށް ފޮނުވުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.