ފޮޓޯ: tripdesignermaldives.com

ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރުމުއްދަތަށް މާލެއިން އަތޮޅުތެރެއަށް ދާންޖެހޭ ފަރާތްތައް ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އަނެއްކާވެސް އުސޫލަށް ބަދަލު ގެނެސްފިއެވެ.

ކޮވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވުމާއި ގުޅިގެން ކުރިން އަމަލު ކުރަމުންދިޔަ އުސޫލަށް ގެނައި ބަދަލުގައިވާގޮތުން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރުމުއްދަތަށް މާލެއިން އަތޮޅުތެރެއަށް ދާންޖެހޭ ފަރާތްތަކުގެ އަތުގައި 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހެއެވެ.

ކުރިން އެޗްޕީއޭގެ އުސޫލު އޮތް ގޮތުން ހުއްދަ ލިބިގެން ކުރު މުއްދަތަކަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް ޕީސީއާރު ޓެސްޓު ހަދާކަށް ނުޖެހެއެވެ. އަދި އެ ފަރާތްތައް ކަރަންޓީނު ވާކަށްވެސް ނުޖެހެއެވެ.

ނަމަވެސް މިހާރު ރިޕޯޓު ކުރެވެމުންދާ ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ކަންބޮޑުވާ މިންވަރަކަށް ވަނީ އިތުރުވެފައެވެ. އެއާއިއެކު އެޗްޕީއޭއިން ވަނީ އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.