kulhudhuffushi. Hospital
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ކުޅުދުއްފުށި ސިޓީން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އެ ސިޓީން ޕޮޒިޓިވްވި ދެ މީހުންނަކީ މި މަހުގެ 28 ވަނަ ދުވަހު މާލެއިން ކުޅުދުއްފުށްޓަށް ދިޔުމަށް ފަހު 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަމުން ދިޔަ މީހުންނެވެ. އެއީ ދެމަފިރިން ކަމަށާއި، އެ ދެ މީހުން ޕޮޒިޓިވްވީ މާލެއިން ބައްދަލުވި ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ހެދި ޓެސްޓުތަކުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޕޮޒިޓިވްވި ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި، އެ ދެ ކޭހާއި ގުޅިގެން އިތުރު ބަޔަކު އަދި މިހާތަނަށް އެކަހެރި ކޮށްފައެއް ނުވާ ކަމަށް ރަށުން މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ.

ހދ. މަކުނުދޫ އިންވެސް ވަނީ އިއްޔެ ޕޮޒިޓިވް ކޭސްއެއް ފެނިފައެވެ. އެ ރަށުން ޕޮޒިޓިވްވީ ބިދޭސީއެކެވެ. އޭނާ ވައިރަހަށް ޕޮޒިޓިވްވީ ކަރަންޓީން މުއްދަތު ފުރިހަމަކޮށް ހެދި ޓެސްޓުތަކުންނެވެ. ބިދޭސީ މީހާ ޕޮޒިޓިވްވުމާ ގުޅިގެން އޭނާއާ އެކު ދިރިއުޅެމުން ދިޔަ ފަސް މީހަކު ވަނީ އެކަހެރިކޮށްފައެވެ.

ކޮވިޑްގެ ކޭސްތަކުގެ އަދަދު އިތުުރުވަމުންދާތީ މާލޭ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށި ކޮށްފައެވެ. އަދި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖުބޫރުކޮށް އެކަން ތަންފީޒުކުރަން ކަމާއިބެހޭ އިދާރާތަކަށް ވަނީ އަންގާފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 99 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.