ވެމްކޯގެ ވެށިފާރަވެރިން ހިދުމަތްދިނުމުގައި

ރާއްޖޭގައި ރިޕޯޓު ކުރެވޭ ކޮވިޑް-19ގެ ކޭސްތައް އިތުރުވެފައިވާތީ އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމާއި ގުޅިގެން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެކްމޯ) އިން މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތްދޭ ގަޑިތަކަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސްފިއެވެ.

ވެމްކޯ އިން ބުނީ ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނައީ މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަމާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކުނި ނެގުމާއި ކުނި އުކާލުމުގެ ޚިދުމަތަށް ބުރޫނާރާނެ ފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރުމަށްޓަކައި ކަމަށެވެ.

އެގޮތުން މި ބަދަލުތަކާއިއެކު، ވެމްކޯގެ ކޯލް ސެންޓަރުގެ ޚިދުމަތުގެ އިތުރުން ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާކަން އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މި ގެނެވުނު ބަދަލާއެކު ވެމްކޯއިން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލެ، ވިލިމާލެ، ހުޅުމާލެ އިން ހަފުތާއަކު ކޮންމެ ދުވަހަކު ޚިދުމަތް ދޭނީ ހެނދުނު 8:00ން 11ށް ކަމަށެވެ. އަދި ހުކުރު ދުވަހު ހެނދުނު 8:00ން 11:00ށް އަދި 14:00ން 20:00ށް ޚިދުމަތް ދޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ތިލަފުށީގައި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 08:30ން 20:00ށެވެ. އަދި ހުކުރު ދުވަހު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 14:30ން 20:00ށެވެ.

ވެމްކޯގެ ކޯލް ސެންޓަރުން ހިދުމަތް ދޭނެ ގަޑިތަކަކީ ހެނދުނު 09:00ން ރޭގަނޑު 20:00 އަށެވެ.

މީގެ އިތުރުން މަގުމަތީގައި ކުނި ބަހައްޓާއިރު އާއްމުންނަށް ދަތިނުވާނެ ގޮތަށް މަގުގެ އެއްފަރާތުގައި ކުނި ބެހެއްޓުމަށް ވެމްކޯ އިން އިލްތިމާސްކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.