ރާއްޖެ އައި ފަތުރުވެރިންތަކެއް-- ފޮޓޯ: ވީއައިއޭ

މި އަހަރުގެ ފުރަތަމަ މަހު އެވްރެޖްގޮތެއްގައި ދުވާލެއްގެ މައްޗަަށް 2,971 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބުނެފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި ތަފާސްހިސާބު ދާއްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 94,261 ށް އަރާފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ރާއްޖެ އައި ފަތުރުވެރިން ރާއްޖޭގައި މަޑުކުރި މުއްދަތަކީ އެވްރެޖްކޮށް 9.2 ދުވަސް ކަމަށް މިނިސްޓްރީން ބުންނެވެ.

ޓުއަރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ރާއްޖެއަށް 2158 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް 94 ހާހަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތާއި އަޅާބަލާއިރު 47.3 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 178,715 ފަތުރުވެރިންނެވެ.

2021 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. ރަޝިއާއިން 21,590 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 19,503 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވެއެވެ.

މީގެއިތުރުން ޔޫކްރެއިންއިން 7,260 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވާއިރު ކަޒަކިސްތާނުން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 4,665 ފަތުރުވެރިންނެވެ. އަދި ފްރާންސުން 3,754 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވާއިރު ރޯމޭނިއާ އިން 4,036 ފަތުރުވެރިއަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ރާއްޖެ ވެެގެން ދިޔައީ މިކަމުގެ އެންމެ ބޮޑު އަސަރުތަކެއް ކުރި އެއް ގައުމަށެވެ. މިކަމާއި ގުޅިގެން ހެދުނު ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމަކީ 2004 ވަނަ އަހަރުގެ ސުނާމީއާއި ގުޅިގެން އައި އިގްތިސާދީ ހީނަރުކަމަށް ފަހު އައި އެންމެ ބޮޑު ލޮޅުމެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން ނެގި އަވަސް ފިޔަވަޅުތަކާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ، ވަނީ ކުރިއަރަން ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.