އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތުހެމްޕްޓަން ކޮޅަށް މެންޗެސްޓަރ ޔުނައިޓެޑުން ލަނޑު ގޯންޔެއް އޮއްސާލައިފިއެވެ.

އަމިއްލަ ދަނޑުގައި ސައުތުހެމްޕްޓަންގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދީ 9-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ސައުތުހެމްޕްޓަންގެ އެލްކްޒެންޑަރ ޔަންކެވިޓްޒްއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑުން ހަތަރު ލަނޑު ޖެހިއިރު މި ލަނޑުތައް އެޓީމަށް ޖަހައިދިނީ އާރޮން ވެން-ބިސާކާ އާއި، މާކަސް ރަޝްފޯޑްގެ އިތުރުން އެޑިންސަން ކަވާނީއެވެ. މި ހާފުގައި ސައުތުހެމްޕްޓަންގެ ޔަން ބެޑަރނެކް އަތުން ވަނީ ބައިކޮޅަށް ވެސް ލަނޑެއް ވަދެފައެވެ.

ދެވަނަ ހާފުގައި ވެސް ޔުނައިޓެޑުން މުޅި މެޗު ކޮންޓްރޯލްކުރިއިރު އެޓީމުގެ އެންތަނީ މާޝިއަލް ދެ ލަނޑު ޖެހިއިރު ސްކޮޓް މެކްޓޮމިނޭ އާއި ބްރޫނޯ ފަނާންޑޭޒް އަދި ޑެނިއެލް ޖޭމްސް ވެސް ލަނޑު ޖެހިއެވެ. މެޗުގެ 90 މިނެޓު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް ބެޑަރނެކްއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މި މެޗުގައި ޔުނައިޓެޑުން ޖެހި ނުވަ ލަނޑާއެކު އެޓީމުން ވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި 46 ލަނޑު ޖަހާފައެވެ. މި އަދަދަށް އެހެން އެއްވެސް ޓީމަކަށް ލަނޑު ޖެހިފައެއް ނުވެއެވެ.

މި މޮޅާއެކު 22 މެޗުން 44 ޕޮއިންޓް އެއްކޮށް ޔުނައިޓެޑް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތް ވާދަވެރި ސިޓީއާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ސިޓީއަށް އަދި ބާކީ ދެ މެޗު އެބައޮތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.