ގިނަ އަދަދެއްގެ ފަންނީ މުވައްޒަފުންނާއި އެކު ފެނަކަ ކޯޕަރޭޝަނުން ފެށި "އިންޖިނިއަރުންގެ މަހާސިންތާ 2019" ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

މި މަހާސިންތާއަކީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބްރާންޗުތަކުގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މަހާސިންތާއެކެވެ. އެގޮތުން މި މަހާސިންތާގައި ފެނަކައިގެ 152 ބްރާންޗުން 189 ފަންނީ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްްވާފައިވަނީ ރައީސް އޮފީހުގެ މިިނިސްޓަރު އަހުމަދު ނަސީމްއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، ކުރީގެ ސަރުކާާރުން ފެނަކައާއި މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުންޏަކީ މީގެ ކުރިން ކަރަޕްޝަންގެ ހާއްްޔެއް ކަމަށް މިނިސްޓަރ ސިފަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރި ބުރަ މަސައްކަތުގެ ނަތީއަކަށްވީ، އެކުންފުންޏަކީ ރައްޔިތުންގެ މެދުގައި އިތުބާރު ހިފޭ، އަދި ކަރަޕްޝަނާއި ވައްކަމުން ސަލާމަތްވެފައިވާ ކުންފުންޏަކަށް ވުން ކަމަށެވެ.

މި ސަރުކާރު އައި ފަހުން ފެނަކައިގެ ހިންގުން މިވަނީ ހަރުދަނާވެ، ވައްކަމާއި، ކަރަޕްޝަނުން ކުންފުނި ސަލާމަތް ކުރެވިފައި. ނަސީމް ވިދާޅުވިއެވެ.

މަހާސިންތާ ނިންމުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، މަހާސިންތާގައި ބައިވެރިވި އިންޖިނިއަރުންގެ ފަރާތުން ވަނީ ފެނަކައިގެ މެނޭޖުމެންޓަށް ގަރާރެއް ހުށަހަޅާފައެވެ. އެ ގަރާރުގައި ވަނީ ފޭކް ސްޕެއަރ ބައެއް ފަހަރު ލިބޭތީ އިޔާދަ ނުކުރެވި ގެއްލުންތައް އިންޖީނުތަކަށް ލިބެމުން އަންނާނީ ޖެނުއިން ނުވަތަ އޮރިޖިނަލް ސްޕެއަރ ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށެވެ.

އިންޖިނިއަރުންގެ އެެ ގަރާރު އަޑުއެއްސެވުމަށް ފަހު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވަނީ  ފޭކް ސްޕެއަރ ތައް ބްރާންޗްތަކަށް ނުފޮނުވާނެ ކަމުގެ 99 އިންސައްތަ ޔަޤީންކަން އިންޖިނިއަރުންނަށް އަރުވާފައެވެ.

ފެނަކަ އިންޖިނިއަރުންގެ މަހާސިންތާ އަކީ ފެނަކައިން ހިދުމަތް ފޯރުކޮށްދޭ ރަށްތަކުގައި 24 ގަޑިއިރު މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ރަށްރަށުގައި ޤާއިމްކޮށްފައިވާ އިންޖީނުގެތައް ހިންގުމުގައި ފަންނީ ގިތުން ދިމާވާ ގޮންޖެހުން ތަކަކީ ކޮބައިތޯ ދެނެގަނެ އެކަމަށް ހައްލެއް ހޯދޭނެ ގޮތާއި މެދު މަޝްވަރާކުރުމަށް ފެނަކައިގެ އިންޖިނިއަރުންނާއި، ބްރާންޗުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި މަހާސިންތާއަކީ ފެނަކައިން މިހާތަނަށް އިންޖިނިއަރުންނަށް އަމާޒުކޮށްގެން ބޭއްވި މިފަދަ އެންމެ ބޮޑު މަހާސިންތާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.