ޖަސްޓިން ބީބާ ހަތަރު ކެޓަގަރީއަށް ނޮމިނޭޓްވި. ފޮޓޯ: ބިލްބޯޑް

މިއަހަރުގެ ނިކަލޯޑިއަން ކިޑްސް ޗޮއިސް އެވޯޑްސްގެ މިއުޒިކްއަށް ޚާއްސަ ކެޓަގަރީތަކުން އެންމެ ގިނަ ނޮމިނޭޝަންސް ޖަސްޓިން ބީބާ ހޯދައިފިއެވެ.

އޭނާ ވަނީ މިފަހަރުގެ އެވޯޑްގައި ހަތަރު ކެޓަގަރީއަކުން ނޮމިނޭޓް ވެފައެވެ. އެއީ ފެވަރިޓް މޭލް އާޓިސްޓް، ފޭވަރިޓް ސޯންގް އަދި ފޭވަރިޓް ކޮލަބޮރޭޝަންއަށް އޭނާއަށް ދެ ނޮމިނޭޝަން ވަނީ ލިބިފައެވެ. އެއީ ބެނީ ބްލަންކޯއާއެކު އޭނާ ރިލީޒްކުރި 'ލޯންލީ' އަދި ޗާންސް ދަ ރެޕަރ އާއެކު ރިލީޒްކުރި 'ހޮލީ" އަށެވެ.

ބްލެކްޕިންކް، ސެލީނާ ގޯމޭޒް، އަރިއާނާ ގްރާންޑޭ، ދަ ވީކެންޑް، ޓެއިލަރ ސްވިފްޓް، ބީޓީއެސް، ޑްރޭކް އަދި ޝޯން މެންޑޭޒް ހިމެނޭހެން ކޮންމެ ފަންނާނަކު ވެސް ވަނީ ދެ ކެޓަގަރީއަށް ނޮމިނޭޓް ވެފައެވެ.

މާޗް މަހުގެ 13 ވަނަ ދުވަހު ދެއްކުމަށް ހަމަޖެހިފައިވާ އެވޯޑް ޝޯ ހޯސްޓްކުރާނީ އެކްޓަރ އަދި ކޮމީޑިއަން ކީނާން ތޮމްޕްސަންއެވެ. އޭގެ އަނެއް ރޭ ގްރެމީ އެވޯޑްސް ދައްކާނެއެވެ. ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން ކިޑްސް ޗޮއިސް ވެބްސައިޓުން ވޯޓުލުމަށް ވަނީ ހުޅުވާލާފައެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.