އެމޭޒަންގެ ސީއީއޯގެ މަގާމުން ޖެފް ބޭޒޯސް މިއަހަރުގެ ކުއާޓަރ 3 ގައި ދުރަށް ޖެހޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އޭނާގެ ބަދަލުގައި އެމަގާމާއި ހަވާލުވާނީ އެ ކުންފުނީގެ އެންމެ އިސް ކްލައުޑް އެގްޒެކެޓިވް އެންޑީ ޖެސީއެވެ. ބޭޒޯސް ދެން ހަވާލުވާނީ އެމޭޒަންގެ ބޯޑްގެ އެގްޒެކެޓިވް ޗެއަރމަންގެ މަގާމާއިއެވެ.

އެމޭޒަންއަކީ 1994 ވަނަ އަހަރު ބޭޒޯސް އުފެއްދި ކުންފުންޏެކެވެ. އޭނާގެ ސީއީއޯ ކަމުގެ ދަށުން އެކުންފުނިން ވަނީ ދުނިޔޭގެ އެންމެ ބޮޑު ކުންފުނީގެ މަގާމަށް ވާސިލްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ކުންފުނިން އެއް ޓްރިއަލް ޑޮލަރުގެ މާކެޓް ކެޕް ފަހަނައަޅައި ދިޔައިރު މިހާރު އެ ކުންފުންޏަކީ 1.6 ޓްރިލިއަން ޑޮލަރުގެ އަގު ހުރި ކުންފުންޏެކެވެ.

ބޭޒޯސްގެ ފަހުން އެމަގާމާއި ހަވާލުވާ އެންޑީ އެމޭޒަންއާ ގުޅުނީ 1997 ވަނަ އަހަރުއެވެ. އެމޭޒަން ވެބް ސާރވިސަސްގެ އިސްވެރިޔަކަށް އެ ބްރާންޗް އުފެދުނީއްސުރެ ހުރީ އެންޑީއެވެ. އެމޭޒަންއަށް އެންމެ ފައިދާވަނީ ވެބް ސާރވިސަސްއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.