ކެޕްޓަން ޓޮމް ފަންޑްރެއިޒް ކުރެއްވުމަށް ހިންގަވަނީ

ކޮވިޑް 19 އާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތްތަކަށް އިނގިރޭސިވިލާތުގެ ފަންޑްރެއިޒްކޮށްގެން މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދި ސަރ ކެޕްޓަން ޓޮމް މޫރ އެ ބަލީގައި މަރުވެއްޖެއެވެ.

އުމުރުން 100 އަހަރުގެ ކެޕްޓަން ޓޮމް މަރުވިއިރު ދިޔައީ ބްރެޑްފޯޑް ހޮސްޕިޓަލްގައި އެ ބައްޔަށް ފަރުވާ ހޯދަމުންނެވެ. ކެޕްޓަން ޓޮމް ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ ހަފްތާގައި ކަމަށްވާއިރު ނިއުމޯނިއާއަށް ބޭސްކުރަމުންދިޔުމާއި ގުޅިގެން ވެކްސިން ޖެހިފައެއް ނުވެއެވެ.

ކެޕްޓަން ޓޮމް ދުނިޔޭގެ މަޝްހޫރުކަން ހޯދީ އަމިއްލަ ބަގީޗާގައި ހިންގަވަމުން އިނގިރޭސިވިލާތުގެ ހެލްތު ސާރވިސަސްއަށް އެހީވުމަށް 33 މިލިއަން ޕައުންޑް ފަންޑްރެއިޒް ކުރެއްވުމާއި ގުޅިގެންނެވެ.

ކެޕްޓަން ޓޮމް މަރުވުމާއި ގުޅިގެން ކުއީން އެލިޒަބަތު ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ކެޕްޓަން ޓޮމް އަށް 'ނައިޓް' އެއްގެ ލަގަބު ކުއީން ދެއްވީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ކެޕްޓަން ޓޮމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ކެޕްޓަން ޓޮމްއަކީ ދެވަނަ ބޮޑު ހަނގުރާމާގައި އިނގިރޭސިވިލާތުގެ އަސްކަރިއްޔާގައި ހިދުމަތްކުރި ސިފައިންގެ މީހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.