އެލެކްސީ ނަވަލްނީ ކޯޓަށް ހާޒިރުކުރަނީ

ރަޝިއާގެ އިދިކޮޅު ލީޑަރު ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. އަންގާރަ ދުވަހު މޮސްކޯގެ ކޯޓަކުން ވަނީ ޕެރޯލްގެ ޝަރުތުތަކާއި ޚިލާފްވިކަމަށް ނިންމައި އޭނާ ތިން އަހަރާއި ބަޔަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި 'ނާރވް އޭޖެންޓް' އެއް މެދުވެރިކޮށް އޭނާއަށް ދިން ހަމަލާއަކާއި ގުޅިގެން ޖަރުމަނުގައި ފަރުވާ ހޯދުމަށްފަހު އަނބުރާ އޭނާ ރަޝިއާއަށް އައީ މިދިޔަ މަހުގެ ތެރޭގައެވެ. ރަޝިއާއަށް އައުމާއެކު އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގައި ނަވަލްނީ ވަނީ އޭނާއަށް ހަމަލާ ދިނީ ސީދާ ރައީސް ވްލަޑްމިއަރ ޕޫޓިންގެ އޯޑަރަށް ކަމަށް ތުހުމަތުކޮށްފައެވެ.

އޭނާ މިނިވަން ކުރުމަށް ގޮވާލައި އެތައް ހާސް ބަޔަކު އަންނަނީ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތަކުގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކޮށްފައިވާއިރު ކޯޓުގެ ބޭރުގައި ކުރަން މަސައްކަތްކުރި މުޒާހަރާގެ ތެރެއިން ވެސް 300 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ.

ގެ ބަންދުގައި އޭނާ އެއް އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާއިރު މި ހުކުމްގެ މުއްދަތުން އެ ދުވަސްތައް އުނިކުރެވޭނެއެވެ. މި ހުކުމް އިސްތިއުނާފްކުރާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ވަނީ ބުނެފައެވެ.

ނަވަލްނީ ދޫކޮށްލުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިން ވަނީ ގޮވާލާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އަދި އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.