ހުޅުމާލެ ލޯކަލް މާރުކޭޓް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "ރަށު މާރުކޭޓް" އިން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަންގެ ފަރާތުން ކުރި އިއުލާނެއްގައި ވަނީ އަށް ގޮޅި ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމަށް ޚާއްސަކުރެވިފައިވާ ދެ ގޮޅި އާއި، މަސްވެރިކަމަށް ބޭނުންކުރާ ތަކެއްޗާއި މަސްވެރިކަމާއި ގުޅުން ހުރި ތަކެއްޗަށް ޚާއްސަ ދެ ގޮޅި އާއި، އޮޅު ކޮށްގެން ގެންގުޅޭ ޖަނަވާރަށާއި އެކަމާއި ގުޅުން ހުރި ތަކެއްޗަށް ޚާއްސަކުރެވިފައިވާ ގޮޅިއަކާއި، ދެވަނަ ފަހަރަށް ބޭނުންކުރެވޭ ތަކެއްޗަށް ޚާއްސަކުރެވިފައިވާ ގޮޅިއަކާއި، ޖޫސް ޖޮއިންޓެއް ހިންގުމަށް ޚާއްސަކުރެވިފައިވާ ގޮޅިޔެއްގެ އިތުރުން ކިއޮސްކަކަށް ޚާއްސަކުރެވިފައިވާ ގޮޅިޔެކެވެ.

ގޮޅި ކުއްޔަށް ހިފުމަށް ހުށަހަޅުއްވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއި، އެސްއެމްއީއެއްކަން ރަޖިސްޓްރީކުރި ކަމުގެ ލިޔުމާއި، މަސްއޫލުވެރި ފަރާތުގެ އައިޑީ ކާޑު ކޮޕީއާއި، ބިޑް ސެކިއުރިޓީއާއި، ގޮޅި ހިންގުމަށް ބޭނުންވާ ފަންޑް އިންތިޒާމްކުރެވިފައިވާ ކަމުގެ ލިޔުންތަކާއި އަދި އެ ކުންފުނިން ދޫކުރާ އައުޓްސްޓޭންޑިންގ ކްލިއަރަންސް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭނެއެވެ.

މި ގޮޅިތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފޯމް އެކުންފުނީގެ ވެބްސައިޓުން ލިބޭއިރު 7 މާޗް 2021 ގައި ފޯމް ހުށަހަޅަން ޖެހެއެވެ. ފޯމް ބަލައިގަތުމުގެ އިންތިޒާމްތައް އެ ދުވަހުގެ ހަވީރު 04:00 އިން 06:00 އަށް ހުރަވީ ސްކޫލްގެ ހޯލްގައި ހަމަޖެހިފައި ހުންނާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.