ޑޭވިޑް ލުއިޒްއަށް ރެފްރީ ރަތް ކާޑު ދައްކަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލްއިންނެވެ. މި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. އެހެން ނަމަވެސް އޭގެ ފަހުން ވުލްވްސްއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ.

މި މެޗުގައި އާސެނަލްއަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވެގެންދިޔައީ ވިލިއަން ހޯސޭއަށް އޭރިއާ ތެރެއިން ފައުލްކުރުމާއި ގުޅިގެން ރެފްރީ ޑޭވިޑް ލުއިޒްއަށް ރަތް ކާޑު ދެއްކުމާއި ގުޅިގެންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އާސެނަލް 10 ކުޅުންތެރިންނަށް މަދުވިއިރު ރެފްރީ ދިން ޕެނަލްޓީ ރުބެން ނެވޭސް ވަނީ ކާމިޔާބުކޮށް ވުލްވްސްއަށް އެއްވަރުކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް ޖޮއާއޯ މުޓީނިއޯ ވަނީ 30 ޔާޑު ބޭރުން ހަމަލާއެއް ފޮނުވާލައި ލަނޑެއް ކާމިޔާބުކޮށް ވުލްވްސްއަށް ލީޑު ނަގައިދީފައެވެ. މި މެޗު އާސެނަލްއިން ނިންމާލީ ނުވަ ކުޅުންތެރިންނާއެކު ކަމަށްވާއިރު އޭރިއާ ބޭރުން ގަސްތުގައި ބޯޅައިގައި އަތްލުމާއި ގުޅިގެން އެޓީމުގެ ކީޕަރު ލީނޯއަށް ވަނީ 72 ވަނަ މިނެޓުގައި ރަތް ކާޑެއް ދައްކާފައެވެ.

މި ބައްޔާއެކު އާސެނަލް ވަނީ ތާވަލުގެ 10 ވަނައަަށް ވެއްޓިފައެވެ. ކުޅުނު 22 މެޗުން އެޓީމަށް 31 ޕޮއިންޓް ލިބުނުއިރު ތާވަލުގެ 13 ވަނަ ވުލްވްސްއަށް ލިބެނީ 26 ޕޮއިންޓާއެކުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.