އަގުއޭރޯ އަދި ސިޓީގެ ކޯޗު ގާޑިއޯލާ

ކޮވިޑް 19 އިން ރަނގަޅުވި ނަމަވެސް އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ އަދިވެސް ކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނުދާ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.

އޭނާއާ ކޮންޓެކްޓްވި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހޯމް ކަރަންޓީނުގައި ފުރިހަމަކުރުމަށްފަހު އަގުއޭރޯ ކުރި ޓެސްޓް ޕޮޒިޓިވްވިއިރު ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުން ފެށިގެން އޭނާ ކުޅެފައެއް ނުވެއެވެ.

ބުދަ ދުވަހު ބާންލީއާ ދެކޮޅަށް އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އަދިވެސް ދަނޑުމަތީގައި އޭނާ ފަރިތަކުރަން ފަށާފައިނުވާ ކަމަށާއި އަދިވެސް އޭނާ ފިޓުވުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެންމެ މުހިންމު ކަމަކީ އޭނާ ކޮވިޑަށް ނެގެޓިވްވެ ޓީމާއި ގުޅުން ކަމަށް ދެކޭ ކަމަށް ގާޑިއޯލާ ބުންޏެވެ.

މި ސީޒަނުގައި އަނިޔާގެ ސަބަބުން އުމުރުން 32 އަހަރުގެ ފޯވާޑަށް ގިނަ މެޗުތަކެއް ވަނީ ގެއްލިފައެވެ. އެގޮތުން މި ސީޒަނުގައި ސިޓީއަށް ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އޭނާއަށް ކުޅެދެވިފައިވަނީ އެންމެ ތިން މެޗެވެ. 2011 ވަނަ އަހަރު ސިޓީއާ ގުޅުމަށްފަހު އަގުއޭރޯ ވަނީ އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އެހެން ނަމަވެސް އެ ކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

އަގުއޭރޯއާ ނުލާ ވެސް ސިޓީއިން އަންނަނީ ޕްރިމިއަރ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިވަގުތު ވެސް އެޓީމު އޮތީ ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.