ލޮނުޒިޔާރަތް ޕާކް -- ފައިލް ފޮޓޯ: އަވަސް އޮންލައިން

ކޮވިޑް ކޮންޓްރޯލްކުރުމަށް ޕާކްތަކާއި މައިޒާންތައް ބަންދުކުރުމަށް އެންގި އެންގުމާ އެއްގޮތަށް މާލެ ސިޓީ ކައުންސިލުން ހުރިހާ ޕާކަކާއި، މައިޒާންތަކެއް ބަންދުކޮށްފި އެވެ.

ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާންގައިވާގޮތުން ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޯވިޑް-19) ގެ ބަލިމަޑުކަން ރާއްޖޭގައިވެސް ފެތުރެމުންދާތީ، ބަލި ކޮންޓްރޯލް ކުރުމުގެގޮތުން ސަރުކާރުން އަޅުއްވާ ޚާއްޞަ ފިޔަވަޅުތަކުގެ ތެރެއިން ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ޕާރކުތަކާއި މައިޒާންތަކަށް ޢާއްމު ފަރާތްތަކުން ވަނުން 2021 ފެބުރުވަރީ 03 ވަނަ ދުވަހުން ފެށިގެން ކުރިއަށްއޮތް 02 ހަފުތާއަށް ބަންދު ކުރުމަށް ނިންމަފައިވާކަމަށެވެ. އަދި ކަސްރަތަށް ނުކުންނަ ވަކިވަކި ފަރާތްތަކަށް ފަތިހު 05:30 ން ހެނދުނު 07:30 ށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ލޮނުޒިޔާރަތް ޕާރކުގައި ކަސްރަތު ކުރުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނާނެ ކަމަށް އިއުލާންގައިވެއެވެ.

ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވަމުން އަންނާތީ، އަންގާރަ ދުވަހުން ފެށިގެން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.