ފުލުހުންގެ ލޯންޗެއް ކަނޑު ގަދަ ދުވަހެއްގައި -- ފައިލް ފޮޓޯ

ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރިފައިވަނީ ނ. އަތޮޅުން މ. އަތޮޅަށެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރިފައިވަނީ ފަތިހު 06:30 އަށެވެ.

އެ އިދާރާއިން ބުނި ގޮތުގައި ފަތިހު 06:30 އަށް އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރު މިނެއްގައި ވައިޖެހޭނެ އެވެ. އަދި އެ ވަގުތުތަކުަގއި ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތް

މެދުރާއްޖޭތެރެއާއި ދެކުނުގެ އެކި އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ. އުތުރުގެ ސަރަހައްދަށް ކެރީގެ އަސަރުކުރާނެކަމަށް ބެލެވެ އެވެ.

އިރުއުތުރާއި އިރުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ދެކުނު އަތޮޅުތަކަށް ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އެވެ. ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 7 ފޫޓާ ދެމެދު ގައެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވޭ އެވެ.

މައުލޫމާތު: މޫސުމާއިބެހޭ ޤައުމީ އިދާރާގެ ވެބްސައިޓް
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *