އުމުރުން 13 އަހަރުގެ ކުއްޖަކާ ބަލިވެ އިނދެ، ވިހޭ މައްސަލާގައި ރ. މަޑުއްވަރީ ހައްމާދު އިސްމާއީލް ހައްމާދު ހައްޔަރުކޮށްފި އެވެ. 

ހައްމާދަކީ ލަނޑާ ނަގާ ދޯންޏެއްގައި ހުއްޓާ ވަޅި ހަރައި، ޒަހަމްކޮށްލުމަށް ފަހު ކަނޑަށް އެއްލައިލި މީހާ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ދޯންޏެއްގައި ދެ މީހެއްގެ ދެމެދުގައި ހިނގި ދީނީ ޒުވާބެއް ހޫނުވެ، ވަޅި ހަރައި ކަނޑަށް އެއްލައިލި ހައްމާދަށް ފަރުވާ ދިނުމަށް ފަހު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި، އޭގެ ފަހުން ފުލުހުން ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލެއް ހިންގާފައިވާ މައްސަލައެއްގައި ކަމަށެވެ.

ފެމެލީ އެންޑް ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުގެ ފަރާތުން ވާހަކަ ދައްކަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ، ހައްމާދު ހައްޔަރު ކޮށްފައި ވަނީ 13 އަހަރުގެ ކުއްޖާ ބަލިވެ އިން މައްސަލާގައި ކަމަށެވެ.

މީގެ އިތުރުން ހައްމާދުގެ ޑީއެންއޭއާއި 13 އަހަރުގެ ކުއްޖާ ވިހި ތުއްތު ކުއްޖާގެ ޑީއެންއޭއާ ދިމާވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.