ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ ދުވުން، އުރީދޫ ކަލާރަން ފޯރިގަދަކޮށް ނިންމާލައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެ ހަވީރު 4:15 އެއްގައި ފެށި އެ ދުވުމުގައި އެކި އުމުރު ފުރާތަކުން 5000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވެއެވެ. 

އުރީދޫ ކަލާ ރަން ދު ފައްޓަވައިދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހެވެ.

އެގޮތުން ފަސް ކިލޯ މީޓަރުގެ މި ދުވުމުގައި އަލަށް ދުވާ މީހުންނާއި އާންމުކޮށް ދުވާ މީހުންނަށް ވެސް ބައިވެރިވެވޭއިރު ކޮންމެ ކިލޯ މީޓަރެއް ދުވެ ނިމުމުން، އެކަން ފާހަގަކުރުމުގެ ގޮތުން ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން ކުލަ ޖަހައެވެ.

އުރީދޫން ވަނީ އެހެން އަހަރުތަކަކެކޭވެސް އެއްފަދައިން އުރީދޫ ކަލާ ރަންގެ ފޯރިގަދަކުރުމަށްޓަކައި  "މޫދު އުފާ" އަދި "ގުޑި މަހާސަމާ"ގެ ނަމުގައި ހަަރަކާތެއް ބާއްވައިފައެވެ.

އަދި ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ފަންނާނުންނާއެކު ރޭ ވަނީ ފޯރިގަދަ މިއުޒިކް ފެސްޓިވަލެއްވެސް ބާއްވައިފައެވެ.

އުރީދޫން ބުނީ، މި އަހަރުގެ ކަލާ ރަން ހަރަކާތަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.