ދިވެހި ފިލްމީ އިންޑަސްޓްރީއަށް ބޮޑު އިންގިލާބެއް ގެނެސްދިން މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާޢީ ފިލްމު "ނިވައިރޯޅި" ޔޫޓިއުބްގައި ލީކް ކޮށްލައިފިއެވެ.

ނިވައިރޯޅި ލީކު ކޮށްލާފައިވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. އެފިލްމު ޔޫޓިއުބަށް ލުމާއެކު މިހާތަނަށް 24،218 މީހުން އެފިލްމު ބަލައިފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ނިއުމާގެ ބަހެއް ހޯދުމަށް ޖަޒީރާނޫގެ ފަރާތުން ގުޅާލުމުން ނިއުމާ ބުނީ، ޔޫޓިއުބުގައި ފިލްމު ލީކުކޮށްލާފައިވާ ކަމަށާއި، އެ މައްސަލަ އާދިއްތަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާމެ ކަމަށެވެ.

ޔޫޓިއުބްއަށް ވަނީ ނިވައިރޯޅި ލާފަ. މި މައްސަލަ އާދިއްތަ ދުވަހު ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނަން  ނިއުމާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ނިއުމާ ބުނީ ކޮންމެ ބަޔަކު ކުރިކަމުގައިވިޔަސް މީ ބަޔަކަށް ދެވޭ ވަރަށްބޮޑު ދެރައެއްކަމަށެވެ.

ފޭސްބުކްގައި ނިއުމާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ "ނިވައިރޯޅި" ލީކުކޮށްލައިގެން ބަޔަކަށް ހިތްހަމަ ޖެހުމެއް ލިބުނީތީ އުފާކުރާ ކަމަށާއި، މީހަކަށް ލަނޑެއް ދީގެންވެސް ބަޔަކު އުފާވަންޏާ ނިމުނީ ކަމަށެވެ.

މިލިއަނަކަށްވުރެން ބޮޑު ހަރަދެއް ކޮށްފައިވާ މި ފިލްމަކީ ނިއުމާގެ ވަދާޢީ ފިލްމުކަންވެސް ފާހަގަކުރަމެވެ. މިހާތަނަށް 40 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ނިއުމާ ވަނީ ދިވެހި ފިލްމީ އިންޑްސްޓްރީގެ ބޮޑެތި ހުރިހާ ކާމިޔާބީއެއް ހޯދައިފައެވެ.

ނިވައިރޯޅީގެ ތަރިންގެ ތެރޭގައި، ޔޫސުފް ޝަފީއު، އަހުމަދު ސައީދު، މަރިޔަމް ހަލީމް، ޒީނަތު އައްބާސް، އައިމިނަތު ރިޝްފާ، އަހުމަދު އާސިމް، މަރިޔަމް ޝަކީލާ އަދި އަހުމަދު އަޒްމީލް ހިމެނެއެވެ.

ނިއުމާގެ "ނިވައިރޯޅީ"ގެ އިތުރުން އަބްދުﷲ މުއާޒް(މުއާ)ގެ "ލީނާ"ވެސް ވަނީ މިފަހުން މީސް މީޑިޔާގައި ލީކު ކޮށްލައިފައެވެ. އަދި އޭގެ ކުރިން އެތައް ދިވެހިންނެއްގެ މެދުގައި މަގުބޫލު ފިލްމް "4426"ވެސް ވަނީ ލީކުކޮށްލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.