Myanmar coup
މީސް މީޑިއާގައި އާންމުވި ިން ނިން ނަށަމުންދާ ވީޑިއޯގެ ތެރެއިން -- ފޮޓޯ: ޓްވިޓަރ

މިދިޔަ ހޯމަ ދުވަހު މިޔަންމާގައި ހިގައި ދިޔަ ބަގާވާތް ކުރިއަށް ދިޔައިރު އެރޮބިކްސް އިންސްޓްރަކްޓަރެއް ކަމަށްވާ ކިން ނިން ނަށަމުންދާ ވީޑިއޯއެއް ވަނީ މީސްމީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. މިޔަންމާގެ ވެރިރަށް ނެޕިޔުޑާ ގައި ޕީ.އީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކިންގެ މި މި ވީޑިއޯއިން އެ ޤައުމުގެ އަސްކަރިއްޔާ ސިފައިގެންގެ މޮޓޯކޭޑް މިޔަންމާގެ ޕާލިއަމަންޓްގެ ކައިރީ އޮންނަ ރޯޔަލް ލޮޓަސް ރައުންޑް އެބައުޓްއިން ދާތަން ފެނެއެވެ.

ފޭސްބުކްއިން އެކަނިވެސް 630,000 މީހުން މި ވީޑިއޯ ބަލާފައިވާއިރު އެކި ސޯޝަލް މީޑިއާ ޕްލެޓްފޯރމްތަކަށް މި ވީޑީއޯ ފެތުރި  އެއް ޓްވީޓެއްގައި ބުނާގޮތުން މި ވީޑިއޯ ޕޯސްޓް ކުރިތާ 24 ގަޑީރު ނުވެ 11.7 މިލިއަން އަށް ވުރެ ގިނަ ފަހަރު ބަލާފައިވެއެވެ.

ކިން ނިން ވައި ފޭސްބުކްގައި ބުނެފައިވަނީ "އަހަރެން ނެށީކީ އެއްވެސް މުއައްސަސާއަކަށް މަލާމާތް ކުރުމުގެ ގޮތުން ނުވަތަ މަޖާކުރާކާށެއް ނޫން.... އެއީ ނެށުމުގެ މުބާރަތާކަށް ޕްރެކްޓިސް ކުރުމަށް ހެދި ވީޑިއޯއެއް"

"ނެޕިޔުޑާގައި މޮޓޯރކޭޑެއް މަގުމަތިން ދިޔުމަކީ އާންމު ކަމަކަށްވާތީވެ, އަހަރެން ނެށުން ހުއްޓާނުލައި ކުރިއަށް ގެންދިޔައީ"

މިޔަންމާގެ އަސްކައްޔާއިން ވަނީ ހޯމަދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ޤައުމުގެ ހުރިހާ ބާރެއް އަސްކަރިއްޔާގެ ދަށައް ގެނެސް އެއް އަހަރު ދުވަހުގެ ސްޓޭތް އޮފް އެމަޖަންސީ ވެސް އިޢުލާންކޮށްފައެވެ.

އަސްކަރިއްޔާއިން މި ބަގާވާތްކޮށްފައި މި ވަނީ މިދިޔަ ނޮވެންބަރު މަހު ބޭއްވި އިންތިޚާބުން އަންގް ސަން ސޫކީގެ ޕާޓީ ބޮޑުތަނުން ކާމިޔާބުކޮށްފައި ވަނިކޮށެވެ. ސޫކިގެ އިތުރުން އެގައުމުގެ އެގައުމުގެ އެހެން މަތީ އޮފިޝަލުންވެސް ވެސް ވަނީ ހައްޔަރުކޮށްފައެވެ. މިޔަންމާގައި އަސްކަރީ ވެރިކަމެއް ނިމި ޑިމަކްރަސީ ނިޒާމެއް ގާއިމް ކުރެވިގެން ދިޔައީ 2011 ގައެވެ.

1
1
1
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.