މަރާމާތައް ބަންދުކޮށްފައިވާ ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުން މާދަމާ ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު 01 ޑިސެންބަރު 2019 އިން 19 ޑިސެންބަރު 2019ގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ. އަދި ގޮޅިތަކަށް އެދުމުގައި ފުރިހަމަ ކުރަން ޖެހޭ ފޯމު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ސިޓީ ކައުންސިލުން ލިބެން ހުންނާނެ ކަމަށާއި، ކައުންސިލްގެ ވެބްސައިޓު www.malecity.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަަމަށްވެސް އިއުލާނުގައި ވެއެވެ.

ފޯމު ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދޭ އުސޫލު:

  1. ސިޓީ ކައުންސިލްގެ ރެކޯޑް ތަކުން ގަވައިދާ އެއްގޮތައް ގޮޅި ހިންގައިފައިވާ ފަރާތްތަކަށް 20 ޕޮއިންޓް
  2. ރާއްޖޭގައި އިންދާ، ހައްދާ އަދި އުފައްދާ ބާވަތްތައް އެކަނި ވިއްކުމަށް ހުށަހަޅާ ފަރާތްތަކަށް 10 ޕޮއިންޓް
  3. ހަމައެކަނި ދިވެހިން ބޭނުންކޮށްގެން ގޮޅިހިންގަން ހުށަހަޅާ ފަރާތްތަކަށް 20 ޕޮއިންޓް
  4. މާރުކޭޓުގައި ވިޔަފާރި ހިންގިކަން ސާބިތުކޮށްދީ، ހުށަހަޅާ ފަރާތްތަކުގެ ތެރެއިން 1 ގައި ނުހިމެނޭ ފަރާތްތަކަށް 25 ޕޮއިންޓް
  5. ދަނޑުވެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް 5 ޕޮއިންޓް، (ކޮންމެ ދަނޑަކަށް 0.5 ޕޮއިންޓް އިތުރުވާނެ)
  6. 18 އަހަރުން މަތީގެ އަލަށް ވިޔަފާރިފަށާ މީހުންނަށް 15 ޕޮއިންޓް
  7. އަންހެނެއް ނަމަ ފަސް ޕޮއިންޓް ( އަމަލީ ގޮތުން ގޮޅި ހިންގުމަށް ހުށަހަޅާ ނަމަ)

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.