މާލޭ ގެއެއްގެ ތެރޭގައި މިއަދު މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދު މާލޭ ހެންވޭރުގައި ހުންނަ ގެއެއްގެ ތެރޭގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ވަނީ ލިބިފައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 5:30 އެހާކަށް ހާއިރުއެވެ.
މި މާރާމާރީގައި އެކަކަށް އަނިޔާވެފައިވާކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، އޭނާ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.