ނިދިން ހޭލެވޭއިރު އޮންނާނީ ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލިފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ބައެއް ލީޑަރުން ޖައްސަވާ ހިސާބު ގޯސްކަމަށާއި ނިދިން ހޭލެވޭއިރު އޮންނާނީ ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލިފައި ކަމަށެވެ.

"ސިޔާސީ ބައެއް ލީޑަރުން ޖައްސަވާ ހިސާބު ގޯސް. ނިދިން ހޭލެވޭއިރު އޮންނާނީ ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލިފައި" ޑރ ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންކަން ނިންމަވަނީ އެކުގައިކަމަށެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވިއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ރޭގެ ވަގުތެއްގައި ވަނީ އަބޫދާބީ އަށް ފުރާވަޑައިގެންފައެވެ.

މިއީ އަބޫދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ.

މިއީ ރައީސް ސޯލިހާއި ރައީސް ނަޝީދު ރާއްޖެ އިން ބޭރަށް ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.