ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން މިއަދު މާފުށީ ޖަލަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެޑިކަލް އެސެސްމެންޓް އަދި އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް ނިމިފައިވާތީ ރައީސް ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލުކުރަން ނިންމާފައި މިވަނީ އެމަނިކުފާނު މިވަގުތު އޮންނެވި ގޮޅިއަކީ އާދައިގެ، ހާލަތު ދަށް ގޮޅިއެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ، މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާއިރު ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނުގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާ ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.