Mask Covid 19 HPA
ފޮޓޯ: ކުޅުދުއްފުށި ޓައިމްސް

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖުބޫރު ކޮށްފިއެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީވެ ފިޔަވަޅުތައް ހަރުކަށިކޮށް މިއަދު ވަނީ އެ ފިޔަވަޅުތައް އިއުލާންކޮށްފައެވެ. އެގޮތުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް މަޖޫބުރުކޮށް އެކަން ތަންފީޒު ކުރަން ވަނީ ކަމާއި ބެހޭ އިދާރާތަކަށް އަންގާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި އެންގުމުގައިވާ ގޮތުން، ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމުން އިސްތިސްނާވާ ފަރާތްތަކަކީ އުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިންނާއި، އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުންނެވެ. އަދި ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތު ކުރާ ވަގުތާއި، ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތަކުން ޚިދުމަތް ހޯދާ ވަގުތުގައި މާސްކު އެޅުމުގެ އެންގުމުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ހިމެނެއެވެ.

މި ނިންމުން ނިންމުމުގެ ކުރިން މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ ބަލި ފެތުރިފައިވާ ރަށްރަށުގެ އިތުރުން ގެސްޓުހައުސްތައް ހިންގަމުންދާ ރަށްތަކުގައެވެ. މިފަހަކަށް އައިސް ރަށްރަށުންވެސް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ވެސް ވަނީ މަތިވާން ފަށާފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑްގެ 215 ކޭސް އެއް ވަނީ ރިޕޯޓް ކުރެވިފައެވެ.

މި އަދަދާއި އެކު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 16،056 އަށް އަރާފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 14،190 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު 1801 އުޅޭއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 184 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ބަލި ޖެހިގެން 52 މީހަކު ވަނީ ރާއްޖެއިން މަރުވެފައެވެ.

އެޗްޕީއޭ އިން މިއަދު އާއްމުކުރި އުސޫލުތަކުގެ ތެރޭގައި މާލެ ސަރަހައްދުން ރަށްރަށަށް ޒަރޫރީ ހިދުމަތް ފޯރުކޮށްދޭން ދާ ފަރާތްތަތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ޕީސީއާރް ޓެސްޓު ހަދަން ވަނީ އަންގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.