ދިވެހިރާއްޖޭގެ ފަސްގަނޑުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ދީނަށް އިހާނެތިކޮށް ހިތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމަށް މި ފަސްގަނޑުން ޖާގަދެވިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ ނަމުގައިވެސް އިސްލާމްދީނަށް ފުރައްސާރަކޮށް އިހާނެތިކޮށް ހިތުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. 

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، އިސްލާމްދީން ފަދަ މަތިވެރި ނިއުމަތަކުން މަހުރޫމުވުމަކީ ސަލާމަތް ބުއްދި ހުރި އެކަކުވެސް އެދޭނެ ކަމެއް ނޫން ކަމަށެވެ.

"އެއްބަޔަކު މަސައްކަތް ކުރަނީ އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ކަންތައްތަކެއް ދީނުގެ ކަންކަމުގައި ހަދައިގެން މި މަތިވެރި ދީނުގެ ސިފަ ހުތުރުކުރުމަށް. މިއީ އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުވެ ރައްކާތެރިވާންޖެހޭ ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އިސްލާމްދީނުގެ ނަމުގައި ދީނާ ނުގުޅޭ ކަަންކަން ފެތުރުމުގެ މައްސަލައަށްވެސް އޮތް ދާއިމީ ހައްލަކީ އެފަދަ މީހުންނަށް ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ ސައްހަ އަގީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުންކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.