curfew vehicle male city hpa
މާލެ މަގުމަތި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލޭގައި ހިންގަމުން އަންނަ ކާފިއު ގަޑި އިތުރުކޮށް ރޭގަނޑު ވެހިކަލް ދުއްވުން މަނާ ކޮށްފިއެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގައި މާދަމާ ރޭ 8:30 އިން ފެށިގެން ރޭގަނޑު 11 އާއި ހަަމައަށް ވެހިކަލް ދުއްވުން މަނާ ކުރަން ވަނީ ނިންމާފައެވެ. އަދި ރޭގަނޑު 11 އިން ފެށިގެން ފަތިހު 04:30 އާއި ހަމައަށް ކާފިިއު ހިންގާ ވަގުތު އިތުރުކުރަން ވެސް ވަނީ ނިންމާފައެވެ.

މިބަދަލުތައް ގެނެސްފައިވަނީ ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތަކަށެވެ.

ކޮވިޑް 19 ގެ ތިންވަނަ ރާޅާ ގުޅިގެން މާލެ ސިޓީގައި ފިޔަވަޅުތައް ވަނީ އިތުރުކޮށްފައި - ޖަޒީރާ ގްރެފިކްސް: އަބޯ

ޖެނުއަރީ މަހުގެ 24 އިން ފެށިގެން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ އަދަދު 100 ން މައްޗަށް އަރާފައިވާއިރު އިއްޔެ އެކަނިވެސް ރާއްޖެއިން 215 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލޭ ސަރަހައްދުންނެވެ. އަދި މިއީ ކޮވިޑްގެ ތިންވަނަ ރާޅު ކަމަށް ސިއްހީ ހިދުމަތްތެރިން އަންނަނީ ބުނަމުންނެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ މިދަނޑިވަޅު އެޗްއީއޯސީއިން ވަނީ ފިޔަވަޅުތައް ހަރުކަށި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ކާފިއު އިތުރު ކުރުމުގެ އިތުރުން ސްކޫލްތަކުގައި ކިޔެވުން އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ވެސް ވަނީ ނިންމާފައެވެ.

2
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.