އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ކަލަރ ރަންގެ ފޯރިގަދަކަން އިތުރުކޮށް، ކުރިއަށްއޮތް ހަފްތާ ބަންދުގައި (ނޮވެމްބަރ 29 އަދި 30) ވަރަށް ހާއްސަ ހަރަކާތްތަކެއް ހުޅުމާލޭގައި ފަށައިފިއެވެ.

އެގޮތުން މިއަދު ހެނދުނު 8:00 އިން 10:00 އަށް ވަނީ "އުރީދޫ މޫދު އުފާ"ގެ ހަރަކާތްތައް ބާއްވައިފައެވެ.

އުރީދޫ ކަލަރ ރަން ވީކެންޑަށް ހާއްސަކޮށްގެން ތައާރަފްކުރި މޫދު އުފާ އަކީ، އާއިލާ އާއި ރައްޓެހިންނާއި އެކު މޫދަށްގޮސް، ވަރަށް ތަފާތު ކުޅިވަރުތަކާއި މުބާރާތްތައް ހިމެނޭ ހަރަކާތެކެވެ. ހަމައެހެންމެ، އުރީދޫގެ ކެފޭ ޕާޓްނަރުންގެ ސްޓޯލްތަކުގައި ތަފާތު ބުއިންތަކުގެ އިތުރުން ދިވެހިންގެ މެދުގައި މަގުބޫލު ކެއުންތައްވެސް ލިބެން ހުންނާނެއެވެ.

މޫދު އުފާގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:

• ވާދެމުން

• ވެލި ހުނަރު ނުވަތަ ސޭންޑް އާޓް މުބާރާތް

• ބަކެޓް ރިލޭ

• މާބަލް ހަންޓް

އުރީދޫ ކައިޓް ފެސްޓިވަލް، 29 ނޮވެމްބަރ ވާ ހުކުރު ދުވަހުގެ ހަވީރު 4.00 - 6.00 އަށް،

އުރީދޫ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތައް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި ޕާޓްނަރުންގެ ޚާއްސަ ސްޓޯލެއް ހިމެނޭނެއެވެ. ކައިޓް ފެސްޓިވަލްގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:

• ގުޑި އެރުވުން

• ތަފާތު ގުޑިތައް ދައްކާލުން

• ގުޑި ހެދުމުގެ ވަރކްޝޮޕްތައް

• ބޮލްސް ރޭސް

• ފޭސް ޕެއިންޓިންގް، ކަލަރިންގް ސްޓޭޝަން، ހޫލާ އެއްލާ، ޕިން ދަ މޫލީ ފަދަ ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް

• ކުޑަކުދިންގެ ޕްލޭ އޭރިއާ

މި މުބާރާތްތަކުގައި އަދި ވަރކްޝޮޕްތަކުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަރ ކުރާކަށް ނުޖެހޭނެއެވެ.

އުރީދޫ ކަލަރ ރަން، 30 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ ހަވީރު 3.30 - 6.00 އަށް،

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ކަލަރ ރަންގައި ބައިވެރިވެ، މެޑަލް ލިބިގެންދާނީ ރަޖިސްޓަރ ކުރައްވާފައިވާ ދުވުންތެރިންނަށެވެ. އެހެންނަމަވެސް، މި ދުވުމުގެ ފޯރީގައި ބައިވެރިވުމަށް ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް، ހުދު ޓީޝާޓެއް ތުރުކުރައްވައިގެން، އުރީދޫ ކަލަރ ރަން ތަޖުރިބާކޮށްލެވޭނެއެވެ.

ކަލަރ ރަން މިއުޒިކް ފެސްޓިވަލް، 30 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ ރޭ 8.30 އިން ފެށިގެން،

ކަލަރ ރަން ނިމުމަށްފަހު، ހޮނިހިރު ދުވަހުގެ ރޭގަނޑު ހާއްސަކުރެވިފައިވަނީ ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ތަރިންނާއި އެކު ބާއްވާ މިއުޒިކް ޝޯއަކަށެވެ. މިފަހަރުގެ މިއުޒިކް ޝޯގައި ސްކައި ރޮކް، ގްރެވިޓީ، 2 ސެންސް، އީކުއޭޓިކް ވައިބް، ސިމްބޮލިކް ރިކޯޑްސް، ޒަކިއްޓެ ލައިވް، ލެވިޓޭޝަން ބައި ހަބޭސް އަދި ހަބޭސް ބޮޑުބެރު ފަދަ މަގްބޫލު އާޓިސްޓުން ފެންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.