މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެެވެ.

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވަނީ މާފަންނު މާޔާ ކްލިނިކް ކައިރިންނެވެ.

ފުލުހުން ވިދާޅުވީ، މިއަދު 1:18 ހާއިރު ތޫނު އެއްޗަކުން މީހަކު ޒަހަމްކޮށްލައިގެން އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެ މާރާމާރީއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ޒަހަމްކޮށްލާފައި ވަނީ ބިދޭސީއެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.