އީސީގެ މެމްބަރުކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުވި ޑރ. މުހައްމަދު ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަން ޑރ. މުހައްމަދު ޒާހިރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުން ބުނީ އީސީގެ މެމްބަރުކަމަށް އައްޔަނުކުރަން ޑރ. ޒާހިރުގެ ނަން ފޮނުވީ ޑިސެމްބަރު މަހުގައި ކަމަށެވެ.

ޑރ. ޒާހިރު ވަނީ މީގެ ކުރިން އެ ކޮމިޝަނުގައި މަސައްކަތް ކުރައްވާފައެވެ. އަދި އޭނާ ވަނީ ޑިވެލޮޕްމެންޓް އެޑްމިނިސްޓްރޭޝަނުން ޕީއެޗްޑީ ހާސިލު ކުރައްވާފައެވެ.

އެ ކޮމިޝަނުގައި މަގާމެއް ހުސްވީ އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަކުރަމް އީސީން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އޭނާ ވަކިކުރުމަށް ނިންމާފައިވަނިކޮށެވެ. އަކުރަމް ހުންނެވީ އޭރު އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުގައެވެ. އެ މަގާމުގައި މިހާރު ހުންނެވީ އީސީގެ މެމްބަރު އިސްމާއިލް ހަބީބް އެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.