ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގަޔަށް ވެކްސިން ޖައްސަވަނީ -- ފޮޓޯ: ޓުވިޓަރު

ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އޭޅުމަށް އިސްލާމްދީން އިރުޝާދުދޭކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ވެކްސިން ޖެއްސެވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ ބަލިންތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމްދީން އިރުޝާދުދޭ ގޮތް ކަމަށެވެ. އެއީ ތިމާއާއި ތިމާގެ އާއިލާއާއި މުޖުތައުމައުގެ ސަލާމަތާއި ރައްކާތެރިކަން ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ވެކްސިންގެ ކަންކަމުގައި ދިވެހިންގެ މެދު ހިލާފުތައް އުފައްދައި، ދިވެހިން ވެކްސިނާއި ދުރުކުރުމަށް މަސައްކަތްކުރައްވަމުންގެންދަވަނީ ހުދުމުހުތާރު ލީޑަރަށް ތާއީދުކުރައްވާ ބެފުޅުންނެވެ. އެ ބޭފުޅުންގެންދަވަނީ ވެކްސިނާއި ގުޅޭގޮތުން އަސްލު ނޫން ވާހަކަތައް ދައްކަވަމުންނެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.