ޑރ. އަބްދުﷲ މައުސޫމް

ކޮވިޑްގެ ކޭސްތައް މައްޗަށް ދިޔަނަމަވެސް، ރާއްޖޭގެ ބޯޑަރު ބަންދުކުރަންޖެހޭ ފަދަ ހާލަތެއް ނެތްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ނިމުނު އަހަރު މިނިސްޓަރުކަމުގެ މަޤާމާއި ހަވާލުުވެވަޑައިގެންނެވި މައުސޫމް ވަނީ ރާއްޖޭގެ ބޯޑަރު ބަންދުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމުން ކޭސްތައް މަދުކުރެވޭކަނެކަމަށެވެ.

އޭގެއިތުރުން ކޮވިޑަށް ވެކްސިން ދިނުމުގެ ކަންކަން ރާއްޖޭގައި ފަށާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ކުރިއާސް އޮތީ އުޖާލަ ދުވަސްތަކެއްކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާގޮތުގައި ކުރިއަސް އޮތް ހަފްތާއެއްގެ ތެރޭގައި ކޮވިޑްގެ ކޭސްތައް ދަށްކުރެވޭނެ ކަމަށެވެ.

ކޮވިޑަށް ގިނަ ރައްޔިތުންތަކެއް އެދުމަތިކުރަންޖެހިދާނެ ހާލަތަށް، ސަރުކާރުން ތައްޔާރުކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ 290 އެނދުގެ ފެސިލިޓީއެވެ.

ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ ކޮންމެ ދުވަހަކު ވެސް 100 އިން މަތީގައެވެ. އަދި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު މި އަދަދު މިވަނީ 200 ފަހަނައަޅައި ގޮސްފައެވެ. އެގޮތުން އިއްޔެވެސް ވަނީ 215 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

0
0
2
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.