ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި ހުކުމް އިއްވުމުގެ ޝަރީއަތް ފަސްނުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިއެވެ.

ހުކުމް އިއްވުމުގެ ޝަރީއަތް ފަސް ނުކުރަން ކޯޓުން ނިންމާފައިވާ ކަމުގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެއެވެ.

ޔާމީންގެ ވަކީލުން ކޯޓުގައި އެދުނީ ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޟީންގެ ބެންޗް އެކުލަވާލުމުގައި ޤާނޫނާއި ހިލާފު ކަންތައްތަކެއް ހިނގާފައި ހުރިކަން ފާހަގަކޮށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވާތީ، ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ޔާމީންގެ މައްސަލަ ލަސްކޮށްދިނުމަށެވެ

ސުޕްރީމް ކޯޓުން މިއަދު ޔާމީނަށް ފޮނުވި ޖަވާބުގައި ވިދާޅުވީ ޔާމީން ހުށަހެޅި މައްސަލަ ކަމާބެހޭ އިދާރާ އަކަށް ހުށަހެޅިދާނެ ކަމަށާއި އެމައްސަލަ ބެލެނިވެރިކަމުގެ އިހްތިސާސްގެ ތެރެއިން ބަލަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.